-Advertisement-

-Advertisement-

11 ޕްރޮޖެކްޓް ޗައިނާގެ އިންވެސްޓަރުންނަށް ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން – ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ 11 ޕްރޮޖެކްޓަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ޗައިނާގެ ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ޗައިނާގެ ކުންފުނިތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިންވެސްޓަރުންނަށް ހުޅުވާލި ޕްރޮޖެކްޓް ތަކުގެ ތެރޭގައި މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއި ރަސްމާލެ ތަރައްގީ ކުރުމާއި އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓާއި ގދ. ތިނަދޫ-ކާޑެއްދޫ ލިންކް ޕްރޮކްޓާއި އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް ޕްރޮޖެކްޓާއި އިޔާދަ ކުރަނިވި ހަކަތަ އަދި ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓް ހިމެނެއެވެ.

އަދި މިގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއްޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އިތުރު 15 އެއާޕޯޓް ހެދުމާއި އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.

އިންވެސްޓް ފޯރަމްގެ ބައިވެރިންނަށް ޕްރޮޖެކްޓް ތަކުގެ އިތުރު މަޢުލޫމާތު ދެއްވީ ސަރުކާރުގެ 4 މިނިސްޓަރެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-