އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް މުހައްމަދު މިހާދު ހަމަޖައްސައިފިއެވެ.
މީގެ ކުރިން މިހާދު ވަނީ އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައި އެވެ. އެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ 2021 ވަނައަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުގައި ހުންނެވީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.
އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް މިހާދުވަނީ އަދާކުރައްވާފައެވެ.