-Advertisement-

-Advertisement-

‎ރައީސް ޝީ، ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސް ޑރ މުއިއްޒު އަދި ރައީސް ޝީ . ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރައީސް ޑރ. މުއިއްޒަށް މިއަދުރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ޑރ މުއިއްޒުއަށް ރަށް ދޫލައިގައި މަރުހަބ ދަންނަވާފައިވާއިރު އެމަނިކުފާނުގެ ޝަރަފުގައި  އޮނަގާޑެއް އިންސްޕެކްޓް ކުރުން އޮތެވެ. އަދި ދެ ގައުމުގެގައުމީ ދިދަ ހިފައިގެން ތިބި ކުދިންތަކެއް ރައީސް ޑރ. މުއިއްޒަށް މަރުހަބާ ކިޔެވެއޭގެ ފަހުން ދެ ގައުމުގެ ރަސްމީ ވާހަކަތައް ވަނީ ބާއްވައިފަ އެވެ.

ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ދެ ދުވަހު ފުޖިއާން ޕްރޮވިންސްގައި ހޭދަކުރެއްވައި ބައެއްރަސްމީ ބައްދަލުވުންތައް ބޭއްވެވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-