-Advertisement-

-Advertisement-

މަޖިލިސް އިންތިޚާބު ރޯދަމަސްތެރޭ ބާއްވަން ނިންމައިފި

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީީސް އިސްމާޢީލް ހަބީބް

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިިންތިޚާބު އަންނަ މާރިޗް މަހު ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

17 މާރިޗްގައި އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު މާރިޗް މަހުގައި ރޯދަމަސްވެސް ފެށޭނެއެވެ.

10 މާރިޗްގައި ރޯދަމަސް ފަށާނެކަމަށް ރާއްޖޭގެ ކަލަންޑަރުން ދައްކާއިރު، ބައެއް ސިޔާސީ ޕާޓީތަކުން ދަނީ އިންތިޚާބު ރޯދަމަހަށް ފަހުގައި ބޭއްވުމަށް ގޮވާލަމުންނެވެ.

އިދިކޮޅު އެމްޑީޕީއިންވެސް ވަނީ ޢިންތިޚާބު އަވަސް ކުރުމާ ދެކޮޅުހަދައި ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް އިލެކްޝަނުން އިންތިޚާބު ރޯދަމަސް ތެރެެއަށްވާގޮތަށް ނިންމީ އިންތިޚާބު ލަސްކުރުމުން ޤާނޫނީ ހުސްކަމެއް އަތުވެދާނެކަމަށް ބެލެވޭތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-