އެޕަލްގެ ޑިވައިސްތަކުގައި އިންޓަނެޓް ކަނެކްޝަނަކާ ނުލައި އެންކްރިޕްޓެޑް މެސެޖު ފޮނުވާ “އެއާޑްރޮޕް” ބޭނުންކުރާ މީހުން ދެނެގަންނާނެ ގޮތެއް ޗައިނާސަރުކާރުގެ ތަޖުރިބާކާރުން ތަކެއް ހޯދާފައިވާ ކަމަށް ބުނެފި އެވެ.
ކައިރީގައި ތިބޭ އެޕަލް ޑިވައިސްތަކަށް ފެސޭހަ ކަމާއި އެކު ފޮޓޯ، ވީޑިއޯ ފަދަ މީޑިއަާތައް އެއާޑްރޮޕްގެ ޒަރީޔާއިން ފޮނުވާލެވެއެވެ. އަދި މިހާރު އެންޑްރޮއިޑް ޑިވައިސްތަކުގައިވެސް މި ފީޗާ “ކުއިކްޝެޔާ” ނަމުގައި ވަނީ ތައާރަފްކޮއްފައިއެވެ. އެއާޑްރޮޕް އިން ފޮނުވާ މުސެޖް އަދި މީޑިއާ ތަކަކީ އެންކްރިޕްޓް ކޮއްފައިވާ މެސެޖްތަކަކަށް ވުމުން އެހެން ފަރާތަކަށް އެ ކޮމިއުނިކޭޝަން ބެލޭނެ ގޮތެއް ނޯވެއެވެ. މި ސަބަބާ ހުރެ 2019 ވަނަ އަހަރު ހޮންކޮންގުގައި ޑިމޮކްރަސީއަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގެ ބައިވެރިން ވަރަށް އާންމުކޮށް ބޭނުންކުރި ވަސީލަތަކަށް އެއާޑްރޮޕް ވަނީ ވެފައިއެވެ.
މިގޮތަށް ފޮނުވާ މެސެޖު ނުބެލެތީ ޗައިނާއިން ޝަކުވާކުރުމުން އެޕަލް އިން 2022 ވަނަ އަހަރު ވަނީ ޗައިނާގައި އައިފޯން ބޭނުންކުރާ މީހުންނަށްފައިލް–ޝެއާރިންގެ ހިދުމަތް ލިމިޓް ވެސް ކޮށްފަ އެވެ.
ބެއިޖިންގެ މުނިސިޕަލް ގަވަމެންޓުން ބުނީ ބެއިޖިން ވަންގްޝެން ޑޮންޖިއަން ޖަސްޓިސް އެޕަރެއިސަލް އިންސްޓްޓިއުޓުން ވަނީ އެއާޑްރޮޕް ބޭނުންކުރާމީހުންގެ ފޯން ނަންބަރާއި އީމެއިލް އެކައުންޓް ހޯދޭނެ ގޮތެއް ދެނެގެންފައި ކަމަށެވެ.
އަދި ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ފޮނުވާ ގޮތް ހޯދުމަކީ ޓެކްނޮލޮޖީގެ ގޮތުން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.