މިއަހަރު ރޯދަ މަހު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކޮންމެ ގެއަކަށް ހިލޭ ހަނޑޫ އަދި ފުށް ބައްސަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާ ބައްދަލުކުރައްވާވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ސަރުކާރުގެ ފަރާތުުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާނީ 10 ކިލޯ ހަނޑުލާއި ފުށެވެ.
އެ މަނިކުފާނު މިއަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެ ތަކެތި ގެނައުމަށް ތުރުކީއާ އެކުއެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.