-Advertisement-

-Advertisement-

ރައީސް ގެ މެސެޖް: ސައިޒުން ކުޑަޔަސް ބުލީ ނުކުރެވޭނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް

ދިވެހިރާއްޖެއަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ ޤައުމެއްކަމުގައި ވިޔަސް ރާއްޖެއަށް ބުލީ ނުކުރެވޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސްގެ މެސެޖް ރައްދުކުރެއްވީ ކޮން ވަކި ޤައުމަކަށް ކަން ހާމަނުކުރެއްވިޔަސް، ހިނގަމުންދާ ކަންކަމާއި ވަމުންދާ ގޮތްތަކަށް ރިޢާޔަތްކުރާއިރު މިމެސެޖް ރައްދު ކުރެއްވީ އިންޑިއާއަށް ކަމާމެދު ޝައްކެއް ނެތެވެ.

ރައީސްގެ ވާހަކަކޮޅު ނިންމަވާލައްވަމުން އިނގިރޭސިބަހުން ވިދާޅުވީ؛

“We may be small but that doesn’t give you the license to bully us “

“މިއީ ކުޑަ ޤައުމަކަށްވެދާނެ، އެކަމަކު އެއީ ތިޔަބައިމީހުންނަށް އަހަރުމެން ބުލީކުރަން ލިބޭ ހުއްދައެއް ނޫން،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ނަމޫނާ ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ރައީސް ވަނީ ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށް ސިފަކޮށް ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ގިނަ ދާއިރާތަކަކުން އެއްބާރުލުންދިނުމުމުގެ އެއްބަސްވުންތައް ދެޤައުމުގެ ދެމެދުގައި ސޮއި ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާ ހައްދަވައިދެއްވުމަށްވެސް ރައީސް ވަނީ ޗައިނާގައި އެދިލައްވާފައެވެ.

 

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-