-Advertisement-

-Advertisement-

ސިފައިން ގެންދިޔުން އަވަސްކުރަން އިންޑިއާއިން އެއްބަސްވެއްޖެ

ރައީސް ޑރ. މުަހައްމަދު މުއިއްޒު އިންޑިޔާގެ ސަފީރާއި, އެގައުގެ މިނިސްޓަރ އާއި ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ޤާއިމްވެގެންތިބޭ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުން އަވަސް ކުރުމަށް އެޤައުމުން އެއްބަސްވެއްޖެއެވެ.

މިއަދު ބޭއްވުނު އިންޑިއާއާއި ރާއްޖޭގެ އިސް އޮފިޝަލުންގެ ބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅީ މާޗް15 ގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ރާއްޖެއިން ގެންދިޔުމަށެވެ. މި ހުށަހެޅުމާއި އެއްބަސްވެ، އިންޑިއާއިން ރާއްޖޭގައި ތިބި އެޤައުމުގެ88 ސިފައިން ވީއެންމެ އަވަހަކަށް ގެންދިޔުމަށް އެއްބަސްވެފައިވާކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއަދުގެ ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށާއި ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ގުޅުންހުރި ވާހަކަތަކުގެ އިތުރަށް، ދެޤައުމުންވެސް އެކިކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމުގެ ކަންކަން އަވަސް ކުރުމަށް ދެ ޤައުމުންވެސް އިސްކަން ދޭކަން މިބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ ފަރާތުން މަަޝްވަރާތަކުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖޮއިންޓް ސެކެޓްރީ ހިމެނިވަޑައިގަންނަވައެވެ. ދެޤައުމުގެ ދެމެދުގައި ބޭއްވޭ މަތީފެންވަރުގެ ބައްދަލުވުން ދެން ބާއްވާނެ ތާރީޚެއް ހާމަކޮށްފައި ނުވިޔަސް މިފަދަ ބައްދަލުވުމެއް ދެން ބާއްވާނީ ދެޤައުމުން އެދޭ ތާރީޚެއްގައިކަމަށް ޚާރިޖީ ވުޒާރާއިގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ އިން ރާއްޖޭގައި ސިފައިން ބޭތިއްބުމާ ވަރަށް ބޮޑަށް ދެކޮޅުހައްދަވަމުން ވެރިކަމަށް ވަޑައިގަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ވެރިކަމުގެ ފުރަަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-