ޓެކްސް ދައްކާ މީހުންނާއި ވިޔަފާރިތަކުގެ އާމްދަނީން ނަގާ ޓެކްސް އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައި މޯލްޑިވްސްއިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކްސް ރޫލިންގއެއް ނެރެފި އެވެ.
މީރާއިން ނެރިފައިވާ ރޫލިންގައި ވަނީ ދައުލަތުގެ އޮފީސްތަކާއި މީރާގެ ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަށް ދޭފައިސާ ޑޮނޭޝަން (ހަދިޔާ) ކަމުގައި ބަލައި އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނެ ކަމަށެވެ.
މިގޮތަށް ފައިސާ ހަދިޔާ ކުރާ ޖަމިއްޔާއަކީ މީރާއިން ޝާއިއުކޮށްފައިވާ ޖަމިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ޖަމިއްޔާއަކަށް ވާން ޖެހޭނެއެވެ. މި ފައިސާއުނިކުރެވޭނީ ޓެކްސް ފައިސާ ހިސާބުކުރާ މުއްދަތުގެ ތެރޭގައި ހަދިޔާ ކުރި ފައިސާ ނަމަ އެކަންޏެވެ.