ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އިތުރު10 ފަރާތަކަށް ޕްރައިމަރީއަކާއި ނުލައި ދީފިއެވެ.
އެމްޑީޕީއިން ވަނީ އިތުރު35 ދާއިރާއެއްގައި ޕްރައިމަރީ ނޯންނާނެކަން މިމަހު3 ގައި އިޢުލާން ކޮށްފައެވެ. އެމްޑީޕީއިން ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދެމުން ދަނީ ދާއިރާތަކުގެ ޕްރައިމަރީގައި ވާދަކުރުމަށް އެންމެ ފަރާތަކުން ކުރިމަތިލާފައި ވާތީއެވެ.
މިއަދު އެމްޑީޕީއިން ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދިން ދާއިރާތަކަކީ
- އަމީން ފައިސަލް – ކަނޑިތީމު ދާއިރާ
- ސަލީމް ހުސެއިން – އިނގުރައިދޫ ދާއިރާ
- އަލީ ނިޔާޒް – ކުރެންދޫ ދާއިރާ
- ޝާތިރު – އަބްދުއްރަހްމާން ހުރާ ދާއިރާ
- ރުގިއްޔާ – މުހައްމަދު ދަނގެތި ދާއިރާ
- މޫސާ ޝިޔާމް އަބްދުﷲ އަލީ – މުލަކު ދާއިރާ
- އަބްދުﷲ ޝަރީފް – ގަމު ދާއިރާ
- އަހުމަދު ސައީދު – ގެމަނަފުށި ދާއިރާ
- އަހުމަދު ސައީދު – މުހައްމަދު ގައްދޫ ދާއިރާ
- އިބްރާހިމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ
93 ދާއިރާގެ މަޖިލިސް އިންތިޚާބު އޮންނަ އިރު އެމްޑީޕީން ވާދަކުރާނެކަން ހާމަކޮށްފައިިވަނީ88 ދާއިރާއަށެވެ. އެއީ ޕްރައިމަރީ ބާއްވާ43 ދާއިރާއަކާއި ޓިކެޓް ދީފައިވާ45 ދާއިރާ އެވެ. އެމްޑީޕީން ވަކިގޮތެއް ނިންމިކަން އަދި ހާމަކޮށްފައި ނުވާ ދާއިރާތަކަކީ؛
އޭދަފުށި ދާއިރާ
ފެލިދޫ ދާއިރާ
ނިލަންދޫ ދާއިރާ
ތިމަރަފުށި ދާއިރާ
ފުވައްމުލަކު އުތުރު ދާއިރާ