ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޯސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލާފައިއެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީގެ ފަރާތުން ވަނީ އެދިލައްވާފައިއެވެ.