-Advertisement-

-Advertisement-

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މީޒާ

ފޮޓޯ؛ އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފިއެވެ.

މީޒާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސްގެ މެނޭޖަރުގެ މަގާމުގައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއާ ކްރެޑިޓް އޮފަސަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރެއްވިއެވެ.

މީޒާއަކީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލްކުރައްވައި، އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން އުނިވާސިޓީ އޮފް ކޮލަމްބޯ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-