-Advertisement-

-Advertisement-

ވެލެންސިއާގެ ބޯޑް މީޓިންއަށް ސްޕޯޓްސް ކަމިޝަނަރަށް ދަޢުވަތު ދީފި

ވެލެންސިއާގެ ބޯޑް މެންބަރ ހަސަން ވަޙީދު -- ފޮޓޯ: އަދަދު/އިޔާން

ފުޓްބޯޅަ ކްލަބް ވެލެންސިއާގެ ބޯޑް ބައްދަލުވުމަކަށް “އޮބްޒާވަރެއް” ގެ ހައިސިއްޔަތުން ބައިވެރިވެލެއްވުން އެދި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ތޮލާލް އަށް ދަޢުވަތު ދީފިއެވެ.

18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެލެންސިއާގެ އެގްޒެކެޓިވް ބޯޑް ބައްދަލުވުމަށް  ބޯޑުގެ 5 މެންބަރުންގެ ސޮޔާއެކު މިއަދު ވަނީ ސްޕޯޓްސް ކޮމިޝަނަރަށް ދަޢުވަތުދީ ސިޓީއެއް ފޮނުވާފައެވެ. ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަށް ދުރުވެ، ވެލެންސިއާގެ ބޯޑް މެންބަރު ހަސަން ވަޙީދު (ދޮނާ)ވަނީ ދަޢުވަތުގެ ސިޓީ ކޮމިޝަނަރުގެ އޮފީހާއި ހަވާލުކޮށްފައެވެ.

ނިއުސްލެބަށް މަޢުލޫމާތު ދެއްވަމުން ހަސަން ވަޙީދު ވިދާޅުވީ ބޯޑް ބައްދަލުވުމަށް އިތުރު ފަރާތްތަކަށް ދަޢުވަތު ދިނުމަކީ ބެސްްޓް ޕްރެކްޓިސް ކަމުގައި ނުވިޔަސް، ކޮމިޝަނަރަށް ދަަޢުވަތުދިނީ ވެލެންސިއާގެ ބޯޑް ބައްދަލުވުމެއް ސައްޚަ ނޫންކަމަށް ސްޕޯޓްސް ކޮމިޝަނަރު ނިންމަވާފައިވާތީ އެކަންކަން ސާފުކޮށްދިނުމަށެވެ.

މިދިޔަ މަހު ބޭއްވި ވެލެންސިއާގެ ބޯޑް ބައްދަލުވުމަކުން ވެލެންސިއާގެ ޗެއަރމަން އަބްދުﷲ އަޒްމީން ވަނީ މަޤާމުން ވަކިކޮށްފައެވެ. ބައްދަލުވުމަށް ހާޒިރުވި ފަސް މެމްބަރުން ވެސް ވަނީ އަޒްމީންގެ އިތުބާރު ނެތްކަމަށް ސޮއި ކުރައްވައިފަ އެވެ. އެއީ އިލްމާއު އާއި ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އަދި ބޯޑް މެމްބަރުން ކަމަށްވާ ޔޫސުފް ރަމީޒާއި އަލީ މަމްދޫހު އަދި މިސްބާހު މުހައްމަދު އެވެ.

ނަމަވެސް މި ބައްދަލުވުމުގެ ސައްހަ ނޫން ކަމާއި ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށް ކޮމިޝަނަރު ތޮލާލް ވަނީ މީގެ ކުރިން އެ ކްލަބަށް އަންގައިފަ އެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-