ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓްރީއަކަށް ފިލްމީ ތަރި އަލީ ސީޒަން ހަމަޖައްސައިފި އެވެ.
ސީޒަން އަށް އެ މަގާމު ދީފައިވާކަން ކަށަވަރުވެފައިވާއިރު ފަސްޓް ސެކްރެޓަރީއަކީ ހައި ކޮމިޝަނަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ފިޔަވައި ހައި ކޮމިޝަންތަކުގައި ތިންވަނަ އަށް އެންމެ އިސް މަގާމެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާ ސީޒަން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރަށްރަށަށް ގޮސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކޮށް އޭގެ ފަހުން އޭނާ ވަނީ ސިޔާސީ މައިދާނަށް ނުކުންނަން ނިންމައިފަ އެވެ.
އޭރު ސީޒަން ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާން އިއުލާން ކުރި ނަމަވެސް، އޭނާ އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފަ އެވެ.