-Advertisement-

-Advertisement-

ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓް ކުރާނަން – އިހުސާން

ފޮޓޯ: ދަ ޕްރެސް އެމްވީ

ރާއްޖޭގައި ގަވައިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތަކާ ގުޅޭ ހުރިހާ އެޖެންސީއެއް މިހާރު އެއް ވުޒާރާއެއްގެ ދަށަށް ގެނެސްފައިވާ ކަމަށާއި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ..

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާރު 60 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ބޭރުކުރެވިފައިވާ ކަމަށާއި ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބިދޭސީން ގެނެވޭ މެކޭނިޒަމްގެ ތެރެއިން އެކައުންޓެބިލިޓީ ހަރުދަނާ ކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު އިހުސާން އިތުރަށް ވިދާޅުވީ ކައުންސިލްތަކާއި ފުލުހުން މެދުވެރިކޮށް ރާއްޖޭގައި ތިބި ބިދޭސީން ފިންގަ ޕްރިންޓް ލެވެލްއަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަށް ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-