-Advertisement-

-Advertisement-

ހުޅުމާލެ ސަހަރާގައި ފެން ބޮޑުވުން ހައްލު ކުރަން ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރަނީ

ވާރޭ ވެހުމުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމުގެ ސަބަބުން، މީހުން ވަޅު ނުލެވޭ މައްސަލަ ހައްލު ކުރުމަށްޓަކައި ދޮޅުފޫޓަށް ވެލި އަޅައި، ޑްރެއިން ސިސްޓަމެއް ގާއިމްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ އަށް މި މަހު ކޮށްފައިވާ ވިއްސާރައިގައި ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިދުނމުގެ ސަބަބުން، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާގައި މީހުން ވަޅުލުން ދެ ފަހަރަށް ބަދަލުކުރި އެވެ.

އެހެންކަމުން، ހުޅުމާލެ ސަހަރާގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމު [ޑްރެއިން ސިސްޓަމެއް] ގާއިމުކުރުމަށް ނިންމައި ސަހަރާ އަށް ދޮޅުފޫޓަށް ވެލިއެޅުމަށް ނިންމާފައިވެއެވެ.

ސަހަރާގެ މަރާމާތުގައި އިތުރު ކަންކަން ހިމަނައި އެކަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ހުޅުމާލޭގެ ސަހާރާ މަރާމާތުގައި ހިމެނޭ ކަންކަން:

– ދެ ފާހާނާ ބަރީގެ މަސައްކަތް.

– ސަހަރާ އަށް ފީޑިން ރޫމެއް އިތުރުކުރުން.

– ހިނަވާ ގެތަކުގެ އޮޅިގަނޑު މަރާމާތުކުރުން.

– ވީލްޗެއާގައި މައްޔިތާގެ މޫނު ބެލުމާއި ކަށުނަމާދަށް ވަދެވޭނެ ނިޒާމެއް ގާއިމުކުރުން.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-