-Advertisement-

-Advertisement-

ރައީސް ޑރ. މުއިއްޒުގެ މެސެޖަކާ އެކު، މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

ފޮޓޯ؛ ސުނާދު ލަތީފް އެކްސް އެކައުންޓް

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.

ހަތަރު ޖަމިއްޔާއެއް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ސައްލާ އޮންނާނީ މިރޭ 20:00 ގައި ސަލްޓަންޕާކުގަ އެވެ.

މިބައްދަލުވުމަކީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.

ސުނާދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މީހުންނަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ވަރަށް އަގުހުރި ވާހަކަ ތަކެއ ރައީސް ޑރ. މުއިއްޒު ހިއްސާ ކުރެއްވި ކަމަށާއި އޮޅުން އަރާ ގިނަ ކަންކަމުގެ މައުލޫމާތުތަކުގެ ހަގީގަތް ރައީސްގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި ކަމަށް ވެސް ސުނާދު ވިދާޅުވި އެވެ

މާލެ ރައްޔިތުންގެ ގޯތިތަކާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ދެއްވި މެސެޖު މިރޭ އޮންނަ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ސުނާދު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-