-Advertisement-

-Advertisement-

ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ

ފޮޓޯ؛ ދަޓައިމްސް އޮފް އައްޑޫ

ހާލުދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަކުއްޖާ މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ނިޔާވީ މާލެ ގެނެސް ފަރުވާދެމުންދަނިކޮށެވެ. އެކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ވިލިނގިލީ ގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ. އަދި އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފުރުވާލުމުގައި ލަސްތަކެއްވުމާއި ގުޅިގެން އެރަށު ރައްޔިތުންތަކެއް ހޮސްޕިޓަލު ސަރަހައްދަށް އެއްވެ ނުރުހުން ފާޅުކުރިއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ އަކީ ބްރެއިން ޓިއުމަރެއް ހުން ކުއްޖެވެ. އަދި އެޑްމިޓްކޮށްފައިވަނީ ސްޓްރޯކެއް ޖެހިގެންނެވެ، އެކުއްޖާ މާލެ ގެނެވިފައިވަނީ ހާލުދެރަވެ، މާލެ ގެނައުމަށް އެދިފައިވާތާ 16 ގަޑިއިރު ފަހުންނެވެ.

މާލެ ގެނެސް އެ ކުއްޖާއަށް ފަރުވާދިނީ އައިސީޔޫގައި ބާއްވައިގެންނެވެ. އަދި އެއިރު އެ ކުއްޖާ އޮތީ ކޯމާއެއްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-