-Advertisement-

-Advertisement-

ނިޔާވި ކުއްޖާގެ މައްސަލަ މަޖިލީހަށް ހުށަހަޅާނަން: ސަޢުދު

ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި ގއ. ވިލިގިލީ ކުއްޖާ މާލެ ގެނައުން ލަސްވެ، ފަރުވާދިނުން ލަސްވީ ސަރުކާރުގެ އިހުމާލުން ކަމުގައި ބުނެ، އެމައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެ ދާއިރާގެ މެންބަރު ސައުދު ހުސައިން ނިންމަވައިފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލިން މާލެ ގެނައި ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ 11:10ގައެވެ. ބުދަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހިގެން ހާލުދެރަވި ކުއްޖާ މާލެ ގެނެވުނީ ބުރާސްފަތި ދުވަހުއެވެ.

“އިއްޔެ އައްޑޫގެ ޒުވާން ދަރިއެއް، މިއަދު ވިލިނގިލީގެ ޒުވާން ދަރިއެއް، މަަދަމާ ކޮން ރަށެއްގެ ކާކުބާ؟ އިންޑިޔާ އައުޓްގެ ނަމުގައި ގައުމުގައި ހިންގި ދޮގާއި އޮލުވާލުމުގެ ޝިކާރަޔަކަށް ދިވެހި ރައްޔިތުން ވަމުންދާތަން މިފެންނަނީ، ދިވެހި ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތި ހާލަތެއް ދިމާވިޔަސް ވަރިހަމަ ކޮއްފަވާ އަދި ރައްޔިތުންނަށް އިހްމާލު ވަމުންދާކަން ފާހަގަވޭ. މިއީ ދޫކޮއްލައިގެން ތިބެވޭވަރަށްވުރެ ސިރިއަސް މައްސަލައެއް. ގައުމުގައި ލިބެންހުރި ވަސީލަތެެއް ބޭނުންނުކޮށް ވިލިނގިލީގެ ޒުވަން ދަރިއަކު އަވަސް ފަރުވާއަށް މާލެ ނުގެނެވި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން! އަދި މިފަދަ ހަދިސާތަށް ތަކުރާރު ވިޔަ ނުދިނުމަށް މި މައްސަލަ ރައްޔިތުންގެ މަޖްލީހުން ބެލުމަށް އަޅުގަނޑު ހުށަހަޅާނަން. މި އީ ވިލިނގިލީ ރައްޔިތުންނަށް ހިތްދަތި ދުވަހެއް،” މެންބަރު ސަޢުދު

މީގެ ކުރިން އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުންތަކެއް އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަންބޯޑު ބަދަލުކޮށް، ހޮސްޕިޓަލު ކުރިމަތީގައި މުޒާހަރާ ކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-