-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގެ ވޯޓު ލިސްޓަށް 325 ޝަކުވާ

ފޮޓޯ: ނިއުސްލެބް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެފައި ހުރުމުން ކަމަށާއި އެޑްރެސް ބަދަލުވެގެން 185 ޝަކުވާ ހުށަހަޅާފައިވާއިރު މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނޭތީ 131 ޝަކުވާ ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ދާއިރާ ބަދަލުވުމުގެ ސަބަބުން ހަތަރު ޝަކުވާ އަދި ލިސްޓުގައި ނަން ނެތުމުން ދެ ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ވޯޓު ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 15:00 އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-