ފުވައްމުލަކު ސިޓީ ބޮޑުފަންނު މަގުގައި އެކްސިޓެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 22:15 ހާއިރު ފުލުހުންނަށް ރިޕޯރޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
މިއެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ރޭ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިއަދު މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓީލޭޓަރުގައި އެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.