ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް އެމެރިކާއިން އެއްބާރުލުން ދެއްވާނެ ކަމަށް މެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯ ވިދާޅުވެއްޖެއެވެ.
އެބޭފުޅާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޖައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވަނީ ރައީސް ޑރ. މުއިއްޒު ރައީސް ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފައިއެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސިފައިންނަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ގާބިލުކަން އިތުރުކުރުމަށް އެމެރިކާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ކޮމާންޑަރ އެޑްމިރަލް ޖޯން އަކުއިލީނޯ ވިދާޅުވީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަށާއި، ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމުގައި އަމަންއަމާންކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.