ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމެންޓުގެ ވައިސް މިނިސްޓަރު ސުން ހައިޔާން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެބޭފުޅާ ރާއްޖެ ވަޑައިގަތްފައިވަނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއްވާފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައިޔާން އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުލް ސަމަދެވެ.
ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ހައިޔާން އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ވެސް ބައްދަލުކުރައްވާނެ އެވެ.