-Advertisement-

-Advertisement-

މަޖިލިސް އިންތިހާބަށް އީސީން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު މާޗު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނަ އަދަދެއްގެ ވަގުތީ ވަޒީފާތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ، މަޖިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 90 ޓްރޭނަރުން ބޭނުންވާ ކަމަށެވެ.

ޓްރޭނަރުންގެ ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800ރ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1،000ރ. ދޭނެ ކަމަށް އިއުލާނުގައިވެއެވެ. މީގެ އިތުރުން ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1،400ރ. ގެ އެލަވަންސެއް ވެސް ލިބޭނެއެވެ.

ޓްރޭނަރުންނަށް ވުމަށް ޝައުގުވެރިވާ މީހުން މި މަހު 31 ގެ ކުރިން ފޯމު ހުށަހަޅަން އީސީގެ އިއުލާނުގައި ބުންޏެވެ.

މަޖިލިސް އިންތިހާބާ ގުޅިގެން އެ ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އީސީން އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި؛

އޮފިސަރުންގެ ގޮތުގައި 30 މީހުން.

ސީނިއާ އޮފިސަރުންގެ ގޮތުގައި 10 މީހުން.

ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަ މީހުން.

މަސައްކަތު މީހުންގެ ގޮތުގައި ހަތަރު މީހުން.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-