-Advertisement-

-Advertisement-

މާލެ އާއި ރަސްމާލެ، ކަނޑު އަޑީގެ މަންޒަރުތައް ފެންނާނެ ޓަނަލަކުން ގުޅުވައިލަން ރައީސް ވައުދުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު – ފޮޓޯ: ރައީސް އޮފީސް

މާލެ އާއި ރަސްމާލެ ޒަމާނީ ވަސީލަތްތަކުން ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލެވޭނެ ކަމަށާއި އެ ގޮތުން ކަނޑުއަޑީގެ މަންޒަރުތައް ފެންނާނެ ފަދަ ޓަނަލަކުން ދެ ރަށް ގުޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެ އެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ ކަމަށް ގާބިލްކަން ހުރި ކުންފުނިތަކާ މަޝްވަރާކޮށް އޭގެ ފީޒިބިލިޓީގެ މަސައްކަތް ވެސް މިހާރު ހިނގަމުންދާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ މާލެސިޓީގެ އާ މޭޔަރުގެ އިތުރުން ބައެއް ދާއިރާތަކުގެ ކައުންސިލަރުން ހުވާކުރުމަށްޓަކައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ގެދޮރު ފޯރުކޮށްދެވެން އަންނަނީ ގިރާވަރުފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ އިތުރަށް ފުށިދިއްގަރުފަޅު ވެސް ހިއްކައި އެ ހުރިހާ ސަރަހައްދަކުން ގެދޮރު ދިނުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-