-Advertisement-

-Advertisement-

ފުވައްމުލަކުގައި އެކްސިޑެންޓުވި ޒުވާނާ ނިޔާވެއްޖެ

Breaking News 2

ފުވައްމުލަކު ސިޓިގައި އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މާލެ ގެނެސް ފަރުވާ ދެމުން ދަނުކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އެކްސިޑެންޓުވެގެން ފުވައްމުލަކުން ގެނައި ޒުވާނާ ވެންޓިލޭޓަރުގައ

ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:12 އެހާކަންހާއިރު ވަނީ ނިޔާވެފައިއެވެ.

އެކްސިޑެންޓުގައި މަރުވީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކުގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން, އެ ސިޓީގެ ބޮޑުފަންނު މަގުގައި އާދިއްތަ ދުވަހުގެ ރޭ 22:15 ހާއިރު އެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-