-Advertisement-

-Advertisement-

13 ކެންޑިޑޭޓަކަށް ޕްރައިމަރީއާ ނުލާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ކަށަވަރުވެއްޖެ

ރައްޔިތުގެ މަޖިލީހުގެ 2023 ވަނަ އަހަރު ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގެ ތެރެއިން – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

13 ބޭފުޅަކަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ. މީގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސާން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ހިމެނެއެވެ.

އެ ޕާޓީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ތިއްބެވި ބައެއް މެންބަރުނާއި އެ ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި މެންބަރުން ހިމެނެއެވެ.

ޓިކެޓު ކަށަވަރުވި ބޭފުޅުން:

– ހޯރަފުށީ ދާއިރާ: އަލީ މޫސާ، ހުޅުމާލެ ފްލެޓު

– ބާރަށު ދާއިރާ : އިބްރާހިމް ޝުޖާއު، ސައުދީ މަންޒިލް/ ހއ. ބާރަށް (މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު)

– ހަނިމާދޫ ދާއިރާ : އިދުރީސް އަބްދުﷲ، އިރުދޯދި/ ހދ. ހަނިމާދޫ

– އޭދަފުށި ދާއިރާ : އަހުމަދު ސަލީމް، ހ. ފަށަން/ މާލެ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)

– މަހިބަދޫ ދާއިރާ : އަހުމަދު ތޯރިގް، ކަންމަތީގެ/ އދ. މަހިބަދޫ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)

– ނިލަންދޫ ދާއިރާ : ފާތިމަތު ސައުދާ، ފިގް/މާލެ

– ތިމަރަފުށީ ދާއިރާ : އަހުމަދު ސަނާހު، ނިޝާން/ތ. ތިމަރަފުށި

– ފޮނަދޫ ދާއިރާ : އަބްދުއްރަހީމް އަބްދުﷲ، އަރާއިރު/ލ.ފޮނަދޫ

– ހިތަދޫ މެދު ދާއިރާ : އަހުމަދު އަޒާން މަރުޒޫގް، ހެޕީ ހާޓް/ ސ. ހިތަދޫ

– ހުޅުދޫ ދާއިރާ : މުހައްމަދު ޝާހިދު، މޭވާގަސްދޮށުގެ/ ސ.ހުޅުދޫ

– ގަލޮޅު ދެކުނު ދާއިރާ : އިބްރާހިމް މުހައްމަދު، ގ. ގްރީންބީންސް

– ހެންވޭރު ހުޅަނގު ދާއިރާ : އަލީ އިބްރާހިމް، ހ. މަދޮށިމާގެ

– ހުޅުމާލެ މެދު ދާއިރާ : އަބްދުﷲ ޝަޒީމް، ހުޅުމާލެ ފްލެޓު

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-