ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ ފަރާތަކަށް އިލެކްޝަން ކޮމިޝަން އިން ދައުވަތު ފޮނުވަންފަށާފައި ވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރާއްޖެއިން ބޭރުގެ 30 ފަރާތަކަށް އީސީގެ ޚާއްސަ ދަޢުވަތެއް ފޮނުވާފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް 10 ފުރުސަތު ޚާއްސަ ކުރާނެކަމަށާއި ބޭރުގެ އޮބްޒާވަރުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށްފަހު ރާއްޖެ ވަޑައިގެން އޮބްޒާވްކުރުމުގެ ފުރުސަތު ހުވާލާފައިވާކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.
މިގޮތުން 10 ގައުމަކުން 20 ބޭފުޅުންނަށް އަދި 5 ޖަމާއަތަކުން 10 ބޭފުޅުން ހިމެނޭހެން 30 ބޭފުޅުންނަށް ދަޢުވަތުދީފައިވާނެކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ދަޢުވަތުދޭ ޤައުމުތަކުގެ ތެރޭގައި ސައުތު ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ، ފިލިޕިންސް، ކެމްބޯޑިއާ އަދި އިންޑިއާ ހިމެނެއެވެ.