-Advertisement-

-Advertisement-

ހޯއްގޮވާ ކެއްސުން އަނެއްކާވެސް ރާއްޖެއިން ފެނިއްޖެ

އެޗްޕީއޭއިން ހިންގި ޙަރަކާތެއްގެ ތެރެއިން -- ފޮޓޯ: އެޗްޕީއޭ

ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމުގައިވާ ހޯއްގޮވާ ކެއްސުން ޖެހިފައި ތިބި ތިން ކުޑަކުދިން ގއ. ވިލިނގިލިން ފެނިއްޖެއެވެ.

އެޗްޕީއޭއިން ބުނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ހޯއްގޮވާ ކެއްސުން ފެނުމާގުޅިގެން ވިލިނގިލި އަތޮޅު ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓު ކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) އަށް ޕޮޒިޓިވް ވެފައިވާ ކުދިންނާއި ކޮންޓެކްޓްވި އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަމަސް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދެމުންދާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ހޯއްގޮވާ ކެއްސުން ޖެހުމުން އެންމެ ފުރަތަމަ ފެންނަނީ އާންމު ރޯގާތަކުގައި ވެސް ފެންނަ ފަދަ އަލާމާތްތަކެވެ. ނަމަވެސް ބަލި ޖެހޭތާ ހަފުތާއެއްހައި ދުވަސްފަހުން ވަރަށް ބޮޑަށް ކެއްސައި ގިނަދުވަހަށް ކެއްސުން ދިގުލައިގެންދެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-