ވެހިން ޔޫރަޕަށް ދަތުރުކުރުމަށް ލުއިދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް، ހާރިޖީ ވަޒީރު މޫސާ ޒަމީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަންއާއި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ލުއިދިނުމާއި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާ ބެހޭގޮތުން މިބައްދަލު ކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައިއެވެ. .
މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކާއި، ކަނޑުތަކާއި، ބަޔޯޑައިވަރސިޓީއާ ގުޅުންހުރި ކަންކަމުގައި ދެޤައުމުގެ ދެމެދުގައި މަލްޓިލޭޓަރަލް އެއްބާރުލުން ދިނުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.