މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ހޯދަމުންދާ އެ ތިން މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވޭގޮތްވަނީ ނުވެފައިއެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ) އާއިކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ)ގެ އިތުރުން އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ)އެވެ.
މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް އެ މީހުން ހާޒިރުވާން ޖެހެނީހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް މި މަހުގެ 31 ވަނަ ދުވަހުގެ 10:00އަށެވެ.