-Advertisement-

-Advertisement-

ޝިއުނާ، މަލްޝާ އަދި މަހުޒޫމް މައްސަލަ ބަލާ ނުނިމޭ: ސަރުކާރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އަދިވެސް ތިބީ އަދިވެސް ސަސްޕެންޑުކޮށްފައިއެވެ.

އިތުރު ތަފްސީލެއް ނުދެއްވައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، އެ ތިން ނައިބު މިނިސްޓަރުންނާ ގުޅޭ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށެވެ.

އެ ތިން ނައިބު ވަޒީރުން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެ މުއްދަތުގައި އެ ތިން ބޭފުޅުންނަށް ވެސް މުސާރަ ހިނގާނެ ކަމަށް މީގެ ކުރިން ހަލީލު ވިދާޅުވިއެވެ.

އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-