ދ. އަތޮޅު ކަނޑިންމަ ރިސޯޓު ފުއްޓަރު ކައިރިން ނުވަ ފޫޓު ބޮޑު ކިނބުލެއް ހިފާފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އިއްޔެ ހަވީރު 16:08 ހާއިރު ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރަށް ރަށުން އަދި މޫދުން ވެސް ކިނބޫ ފެނިފައިވެއެވެ.