ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޔޫޝައު ސައީދު ގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އިތުރު 2 ބޭފުޅުން މަގާމުންވަކިކޮށްފިއެވެ.
މަުއުލޫމާތު ލިބިވައިވާ ގޮތުގައި ދެން ވަކިކުރީ ބޯޑުގައި ހިމެނޭ އަބްދުالله ހަސަން އާއި އަބްދުالله ހުސާމް ޝަރީފް އެވެ.
މިކަމާއި ގުޅޭ ގޮތުން ބޭންކްގެ ބަހެއް އަދި ލިބިފައި ނުވާއިރު، ބޭންކަށް ޑޮލަރު ތާށިވެގެން މި މަހުގެ ކުރީކޮޅުން ފެށިގެން ވިޔަފާރިވެރިން ބޭރު ގައުމުތަކަށް ކުރާޓީޓީތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ނުލިބެ އެވެ.
ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ޔޫޝައު ހަމަޖައްސާފައި ވަނީ ޖުލައި 16, 2021 ގަ އެވެ. އަބްދުالله ހަސަން އާއި ހުސާމް އަދި ޔޫޝައު ވެސް ބީއެމްއެލްގެބޯޑަށް އައްޔަނުކުރީ މިދިޔަ ސަރުކާރުންނެވެ.