ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ފްލޮރިޑާގެ މިއާމީއިން ފުރަތަމަ ދަތުރު ފަށައިފި އެވެ.
365 މީޓަރު ދިގު، އައިކަން އޮފް ދަ ސީސްގައި 20 ޑެކް ހުންނައިރު، އެ ޝިޕްގައި 7،600 ފަސިންޖަރުންނާއި، 2،350 ފަޅުވެރިންނަށް ތިބެވޭނެ އެވެ.
އައިކަން އޮފް ދަ ސީސް އަކީ ރޯޔަލް ކެރީބިއަން ގްރޫޕްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޯޓެކެވެ. މި އުޅަނދު ދަތުރު ކުރަނީ ޓްރޮޕިކް ސަރަހައްދުގައި ހަތްދުވަހުގެ އައިލެންޑް ހޮޕިން ދަތުރަކަށެވެ.
ތިމާވެށީގެ މާހިރުން ވަނީ މި ޝިޕްގެ ދަތުރުތައްފެށުމާއެކު ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކާއި ގުޅޭގޮތުން އިންޒާރު ދީފައެވެ.
އެއީ ލިކުއިފައިޑް ގުދުރަތީ ގޭހުން ދުއްވާ މި އުޅަނދުގެ ސަބަބުން ވައިގެ ތެރެއަށް ގެއްލުންހުރި މީތޭން ލީކުވާނެތީއެވެ.
އައިކަން އޮފް ދަ ސީސް ހެދުމަށް 2 ބިލިއަން ޑޮލަރު (1.6 ބިލިއަން ޕައުންޑް) ހަރަދުވެފައި ވާއިރު އޭގައި ހަތް ސްވިމިން ޕޫލާއި ހަ ވޯޓާސްލައިޑާއި 40 އަށްވުރެ ގިނަ ރެސްޓޯރަންޓާއި ބާ އަދި ލައުންޖް ހުރެ އެވެ. އައިކަން އޮފް ދަ ސީސް ސިފަވަނީ މަލްޓިލޭއާޑް ބާތުޑޭ ކޭކެއް ފަދަ ޓަވަރުތަކެއް ގޮތަށް ގެނެސްފަ އެވެ. މަތީގައި ވާ ފްރޮސްޓިން ހަތް ސްވިމިން ޕޫލެއްގެސިފައިގައި ގެނެސްފައިވާއިރު، ޓްރޮޕިކަލް ފެހިކުލަ، ފިޔާތޮށި، ނޫ އަދި އޮރެންޖް ކުލައިން ޓްވިސްޓިން ވޯޓާސްލައިޑްސްތައް އޭގައި ޤާއިމްކޮށްފައި ވެއެވެ.