-Advertisement-

-Advertisement-

އިމްރާން ޚާންގެ ދެކަނބަލުން 14 އަހަރަށް ޖަލަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން 10 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމްކޮށްފައިވާއިރު، މިއަދު އޭނާ އާއި އަނބިކަނބަލުންނަށް ވެސް 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި ހުކުމް އިއްވާފައިވަނީ އިމްރާން ބޮޑުވަޒީރުކަމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާތަކުގެ މައްސަލައިގައި ކުރި ޚިޔާނާތުގެ ދައުވާއެއްގަ އެވެ.

ވެރިކަމުން ދުރުކޮށް ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ އިއްޔެ 10 އަހަރުގެ ހުކުމެއް އިއްވާފައިވަނީ ދައުލަތުގެ ސިއްރުތައް ލީކުކުރި މައްސަލައެއްގަ އެވެ. އިމްރާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ވެސް ހުންނެވީ މި ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިޔައިރު ހައްޔަރުކޮށްފަ އެވެ.

އިމްރާން އާއި ބުޝްރާ ކައިވެނިކުރެއްވީ 2018 ވަނަ އަހަރު، އިމްރާން ބޮޑުވަޒީރުކަމަށް އިންތިހާބުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-