-Advertisement-

-Advertisement-

ހޮސްޕިޓަލްތަކަށް ފޭކް ބޭސް ގަތް މައްސަލައިގައި ލަންކާގެ ވަޒީރަކު ހައްޔަރުކޮށްފި

ފޮޓޯ؛ ޕްރެސިޑެންޓް މީޑިޔާ ޑިވިޝަން

ސްރީލަންކާ ސަރުކާރުގެ ހޮސްޕިޓަލްތަކަށް ފޭކް ބޭސް ގަތް މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރު އެންވަޔަރްމަންޓް މިނިސްޓަރުކަމުގައި ހުންނެވި ކެހެލިޔާ ރަމްބުކްވެއްލާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ރަމްބުކްވެއްލާ ހައްޔަރުކޮށް މި މަހުގެ 15 އާ ހަމައަށް ތަހުގީގަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ބޭނުންކުރާ މުހިންމު ބޭހެއް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ގަތް އިރު އޭގެ ފޭކް ބޭސް ގަތް ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އިރު މި ބޭސްތަކުގެ ފޭކް ގަތުމަށް 144 މިލިއަން ރުޕީސް (465،000 ޑޮލަރު) ހޭދަކޮށްފައިވެ އެވެ.

ލަންކާ ފުލުހުން ކޯޓުގައި ބުނީ ހެލްތު މިނިސްޓްރީން ގަންނަން ބޭނުންވީ، ދިފާއީ ނިޒާމު ހަލާކުވެފައިވާ މީހުންނަށް އިންޖެކްޝަންގެ ގޮތުގައި ދޭ އެންޓިބޮޑީ އިމިއުނޮގްލޮބުލިންގެ ސްޓޮކެއް ކަމަށާއި، އެހެން ނަމަވެސް މިނިސްޓްރީން މި ގަތުމުގެ ނަމުގައި ފައިސާ ދެއްކި ސްޓޮކްގައި ގިނައިން ހުރީ ފެން ކަމަށް ފަހުން ވަނީ އެނގިފައި ވާކަމަށެވެ.

ހެލްތު މިނިސްޓްރީއަށް މި ބޭސް ސަޕްލައިކުރި ކުންފުންޏަށް 960 މިލިއަން ރުޕީސް (3.1 މިލިއަން ޑޮލަރު) ވަނީ ދޫކޮށްފަ އެވެ. އެކަމަކު ބޭހުގެ ކޮލިޓީއާ މެދު ޝައްކުވާން ފެށުމުން ބާކީ ފައިސާ ނުދީ އޮތީ ހިފަހައްޓައިފަ އެވެ. ބޭސް ވިއްކި ކުންފުނީގެ ވެރިޔާ ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-