-Advertisement-

-Advertisement-

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ 70 މީހަކު ޝަހީދުކޮށްލައިފި

ފަސަލްތީނުގައި ޒަހަމް ވެފައިވާ މީހަކު ސަލާމަތްކޮށްގެން ގެންދަނީ. ފޮޓޯ؛ ދަ ޑެއިލީ ގާޑިއަން

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ އިއްޔެވެސް 70 މީހުން ޝަހީދުކޮށް 106 އަށްވުރެގިނަމީހުން ޒަޚަމްކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނެފައިވަނީ މި 70 މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ހަތްތަނަކަށް އިސްރާއީލު ދިން ޙަމަލާތަކުގައެވެ. މީގެތެރޭގައި ޣައްޒާގެ ދެކުނުގެ ޒައިތޫނާ އަވަށާއި ރަފްހު ސިޓީ ހިމެނެއެވެ.

ހަމަލާދިން އިމާރާތްތަކުގެ ދަށުގެ ފުނޑުފުނޑުވެފައިވާ ބައިތަކުގެ ދަށުގައި އެތަށް ބަޔަކު ތާށިވެފައިވާކަމަށާއި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުންވެސް އިސްރާއީލު ސިފައިން ހަމަލާތައް ދެމުންގެންދާކަމަށް އެވުޒާރާއިން ވަނީ ބުނެފައިއެވެ. އިސްރާއީލުވަނީ މިގަތުލުއާންމުތައް ބަރަކާތްތެރި ރަމަޟާންމަހުވެސް ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ.

ހައިހޫނުކަމުގެ ސަބަބުން ހަށިގަނޑުގައި ވަރުނެތިގެން ޣައްޒާގެ ކަމާލް އަދަވާން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުޑަކުދިންގެ ތެރެއިން ތިން ކުއްޖަކު އިއްޔެ ޝަހީދު ވެފައި ވާއިރު، ހައިހޫނުކަމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓް ވުމުގެ ސަބަބުން އޭގެ ކުރިން ދުވަހު އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކާއި ޒުވާން އަންހެން ކުއްޖަކުވެސް ޝަހީދުވެފައި ވެއެވެ.

ޣައްޒާއަށް ބޮންއަޅައި އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ އިތުރުން އިސްރާއީލު ގެންދަނީ ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން މަނާކޮށް ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައިވެސް އާންމުން މަރަމުންނެވެ.

ޣައްޒާގައި ހައިހޫނުކަން ތަހައްމަލުކުރާ 7 ލައްކަމީހުން ތިބިއިރު ޣައްޒާގައި ހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދުވަނީ 30 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އިސްރާއީލުން ޣައްޒާގެ ހަތިޔާރުނެތް އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގުމުގައި އިސްރާއީލު ކުޅަދާނަވިޔަސް ހަމާސްގެ މުޖާހިދުންނާ ކުރިމަތިލުމުގައި އިސްރާއީލުވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައެވެ.

ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް އެމެރިކާގެ މޮޅު އަދި ވަރުގަދަ ހަތިޔާރާއެކު 4 މަސް ވަންދެން އިސްރާއީލުގެ ލަޝްކަރުތައް ހަނގުރާމަ ކުރިއިރުވެސް ހަމާސްގެ މުޖާހިދުންގެ މައްޗަށް އެއްވެސް ކާމިޔާބެއް އިސްރާއީލު ސިފައިންނަށް ލިބިފައެއް ނުވެއެވެ. ހަމާސްގެ ބާރު ކަނޑުވައިނުލެވުމުގެ އިތުރުން އަސީރަކު މިނިވަންކުރެވިފައެއްް ވެސް ނުވެއެވެ.

އިސްރާއީލާ ދެކޮޅަށް ހަމާސްއިން ކުރާ މިނިވަންކަމުގެ ޖިހާދުގައި މިދިޔަ އޮކްޓޯބަރުމަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ 800 ވަރަކަށް މީހުން މަރާލާފައިވާއިރު 2000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ. މީގެތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-