-Advertisement-

-Advertisement-

މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދު ކުރިޔަ ނުދިނުމަށް ހާއްސަ އޮޕްރޭޝަންއެއް އިސްރާއީލުގެ ސިފައިން ފަށައިފި

މާތް ރަމަޟާން މަހުގެ ފުރަތަމަ ހުކުރު މަސްޖިދުލް އަޤްޞާގައި ކުރުން ހުއްޓުވުމަށް އިސްރާއީލުގެ ސިފައިން ހާއްސަ އޮޕަރޭޝަންއެއް ފަށައިފިއެވެ.

އެގޮތުން އެމީހުން ބުނާ ގޮތުގައި އާންމު ރައްކަލަކަށްޓަކައި އަލްއަޤްޞާގަ މިސްކިތައް ހުކުރު ކުރަންވަދެވޭނީ 55 އަހަރުން މަތީގެ ފިރިހެނުންނަށާއި 50 އަހަރުން މަތީގެ އަންހެނުންނަށް އެކަނި ކަމަށެވެ.

ރަމަޟާން މަސް ފެށުމާއި އެކުގައި ޣައްޒާގެ ރައްޔިތުނަށް ޔަހޫދީ ސިފައިން ކުރަމުންދާ ދުއްތުރާތައް ވަނީ އިތުރުކޮއްފައިއެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ރޭ އަޅުކަން ކުރަންތިބި ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް އަނިޔާ ކޮއްފައިވެއެވެ. އަދި ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރަން ދަނީ މަނާކުރަމުންނެވެ.

އިސްރާއީލުގެ ސިފައިން ބުނަމުންދަނީ އެމީހުން މިހާރު ތިބީ ސެކިޔުރިޓީ ވަރުގަދަ ކޮއްފައިކަމަށެވެ. އަޅުކަން ކުރަން އަންނަ މީހުންގެ ތެރޭގައި ހަމާސްގެ “ޓެރަރިސްޓުން” ހިމެނިދާނެ ކަމަށެވެ. އެކަންތައް ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމެވެ. އިރުމަތީ ގުދުސްގެ ސަރަހައްދަށް އެތައްހާސް ޔަހޫދީ ސިފައިންވަނީ މިހާރު އެއްކޮއްފައިއެވެ.

7 އޮކްޓޯބަރ 2023 އިން ފެށިގެން ނިރުބަވެރި އިސްރާއީލުގެ ސިފައިން ދެމުންދާ ހަމަލާތަކުގައި 31,000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝާހީދުވެފައިއެވެ. އަދި އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-