ސްރީ ލަންކާގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން އުޅޭ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓް ލަންކާ އިން ދޮގުކޮށްފިއެވެ.
އެމެރިކާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެ ގައުމުން ނެރެފައިވާ އެ ރިޕޯޓުގައިވާ ގޮތުން ޗައިނާއިން ދަނީ ލަންކާގައި އަސްކަރީ މަރުކަޒެއް ހެދުމުގެ މަޝްވަރާކޮށް އެ މަރުކަޒު އަޅަން އެންމެ ރަނގަޅު ސަރަހައްދެެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިކަން ދޮގުކޮށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ޕްރެމިތާ ބަންޑާރަ ތަނައްކޫން ވަނީ އެ ގައުމުން އެއްވެސް ގައުމަކާއި އެ ބާވަތުގެ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ބުނެފައެވެ.
އެމެރިކާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޗައިނާ އިން ދަނީ ލަންކާގެ އިތުރުން އެހެން ބައެއް ގައުމުތަކުގައިވެސް އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ޕާކިސްތާނާއި ލަންކާގެ އިތުރުން ސީޝެލްސްގައިވެސް ޗައިނާއިންގެ އަސްކަރީ މަރުކަޒުތަކެއް ހެދުމަށް މަޝްވަރާާ ކުރަމުންދާ ކަމަށެވެ.