ފަލަސްތީނުގެ އާންމުން ތޮއްޖެހިފައިވާ ރަފަހް އަށް އިޒްރޭލު ސިފައިން އަރަނީ ހަމާސްގެ ހަނގުރާމަވެރިން ހޯދަން ކަމަށާއި އޭގެ ކުރިން އާންމުން އެ ސަރަހައްދުދޫކޮށް ދާން ފުރުސަތު ދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު މިހެން ބުނެފައި މި ވަނީ ރަފަހް އަށް އިޒްރޭލު ސިފައިން އެރުމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އޮތް ކަމަށް، އިޒްރޭލަށްވަޑައިގެންނެވި ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޮލްޓްޒް ވިދާޅުވެފައި ވަނިކޮށެވެ.
މި ކަމަކީ އާންމުން އެތަނުގައި ބަންދުކޮށްފައި ބައިތިއްބައިގެން ކުރާނެ ކަމެއް ނޫން ކަމަށް ނަތަންޔާހޫ ބުނެފައިވީ ނަމަވެސް ޝޮލްޓްޒް ވެސް ވަނީ އެހެންއެންމެން ވެސް އުފައްދާ ސުވާލު އުފައްދައިފަ އެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަކީ އުތުރުގައި އިޒްރޭލުން ހަމަލާދެމުން ގެންދާތީ ސަލާމަތްވާން އާންމުންނަށް މިހާރު އޮތް ހަމަ އެކަނި ތަނެވެ.
މުޅި ޣައްޒާ ހަނގުރާމައިގެ މައިދާނަކަށް ވެފައި ވުމުގެ ސަބަބުން ރަފަހް ދޫކޮށް އާންމުން ދާނެ ރައްކާތެރި ތަނެއް ނެތް ކަމަށާއި ރަފަހްގައި އަސްކަރީ ހަރަކާތްތެއް ހިންގައިފިނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި މިލިއަނަކަށްވުރެ ބޮޑު އާބާދީއެއް އޮތް ރަފަހްގައި އިންސާނީ ބޮޑު ކާރިސާއެއް ހިނގުން އެކަށީގެންވާ ކަމަށް އެކިފަރާތްތަކުން އަންނަނީ ބުނަމުންނެވެ.