-Advertisement-

-Advertisement-

‎އަފްޣާނިސްތާނުގެ ސްކޫލްތައް އަލުން ހުޅުވާލި އިރު އަންހެން ކުދިންނަށް ފުރުސަތު ނެތް

އަފްޣާނިސްތާނުގައި އާ ދިރާސީ އަހަރަށް ސްކޫލްތައް އިއްޔެ ހުޅުވާލި އިރު، މިދިޔަ ދެ އަހަރެހޭ އެއްގޮތަށް މި އަހަރު ވެސް، އަންހެން ކުދިން ސެކަންޑަރީލެވެލްގެ ކްލާސްތަކުގައި ބައިވެރިވުން މަނާކޮށްފި އެވެ.

ތާލިބާނުން 2021 ވަނަ އަހަރުގެ މެދުތެރޭގައި އަލުން ވެރިކަމަށްއައިސް ހުޅަނގުގެ ތާއީދު އޮތް ސަރުކާރު ވެރިކަމުން ދުރުކުރުމަށް ފަހު، 2022 ވަނައަހަރުގެ މާޗް މަހު އަންހެން ކުދިން ސެކަންޑަރީ ސްކޫލަށް ނުކުތުން ވަނީ މަނާކޮށްފައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާ ސްކޫލް އަހަރު އިއުލާން ކޮށްފައިވަނީ އަފްޣާނިސްތާނުގެ ކަލަންޑަރުގެ އާ އަހަރު ފެށުމުގެ އެއް ދުވަސް ކުރިން އަންގާރަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީންގެ ފަރާތުން ބުނެފައިވަނީ ހާއްސަ ރަސްމިއްޔާތެއްގައި ރަނގަބީލު ޖެހުމާ އެކު މުޅި ގައުމުގައި އެ ހިސާބުން ކިޔެވުން ފެށުނީކަމަށެވެ. އަދި މި އިވެންޓަށް މީޑިއާތަކަށް ދައުވަތު ދީފައި ވިޔަސް އަންހެން ނޫސްވެރިންނަށް އެ އިވެންޓަކަށް ނުވަދެވެ އެވެ.

ތާލިބާން ސަރުކާރުން ދީނީ ކަންކަން ހަރުކަށިކޮށް މާނަކޮށް ތަންފީޒުކޮށްފައިވާއިރު ތާލިބާނުންނަކީ ޖިންސީ ހަމަހަމަމާ ދެކޮޅު ސަރުކާރެއް އޮތް ގައުމެއްކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-