އދ. މެދުވެރިކޮށް ފަލަސްތީނަށް އެހީވުމަށް 40 މިލިއަން ޑޮލަރު ދިނުމަށް ސައުދީން ނިންމައިފިއެވެ.
ސައުދީ އިން ބުދަ ދުވަހު ވަނީ އެގައުމުން ދިނުމަށް ހަމަޖެހިފައިވާ އެހީ އަކީ ފަލަސްތީނުގެ ރެފިއުޖީނަށް އަވަސް އެހީއެއް ދިނުމުގެ މަގުސަދުގައި ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިނުމަށް ނިންމައި އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާއަށް ދިނުމަށް ނިންމި އެހީ އެއް ކަމަށް ބުނެފައެވެ.
ރިޕޯރޓްތައް ބުނާ ގޮތުގައި ސައުދީ އިން އެއްބަސްވެފައި ވަނީ އެ އެހީގެ ދަށުން 250،638 މީހުންނަށް ބޭނުންވާ އަވަސް އެހީގެ އިތުރުން ބޯހިޔާވަހިކަމަށް ބޭނުންވާ ޓެންޓު 20،019 އާއިލާ އަކަށް ދިނުމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން ގެންދާ އަމަލުތަކުގެ ސަބަބުން އެތަކެއް މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު، އެތައް މިލިއަން މީހުނެއް ވަނީ އަމިއްލަ ބޯހިޔާވަހިކަން ދޫކޮށް ކޭމްޕުތަކަށް ދާން މަޖުބޫރުވެފައެވެ.