-Advertisement-

-Advertisement-

ޣައްޒާ އޮތީ ނުރައްކާތެރި ފައްތަރެއްގައި: ޔޫރަޕިއަން ކޮމިޝަންގެ ރައީސް

ފޮޓޯ: ބީބީސީ

ޣައްޒާ އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، އިންސާނީ ކާރިސާއެއް ވަރަށް އަވަހަށް ކުރިމަތިވެދާނެކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބްރަސަލްސްގައި ބޭއްވި ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ލީޑަރުން ކަމަށްވާ ޗާލްސް މިޝޭލް އާއި އުރުސުލާ ވޮން ޑަ ލެޔެން ވަނީ ޣައްޒާގެ މައްސަލައަށް ދެ ދައުލަތެއްގެ ހައްލެއް ގެނައުމަށް އީޔޫއިން ތާއީދުކުރާކަމަށް ވިދާޅުވެފައެވެ.
މިޝޭލް ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި އިސްރާއީލުން އެއްގަމު އޮޕަރޭޝަނެއް ހިންގާނަމަ އެކަމަށް ސަމާލުކަން ދެއްވައި ހާލަތުގެ ސީރިއަސްކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ވޮން ޑަ ލެޔެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޣައްޒާ އޮތީ ބަނޑުހައިހޫނުކަމުގެ ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށާއި އެއީ އިންސާނީ ނުރައްކާތެރި ހާލަތެއް ކަމަށާއި، އަދި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ރަހީނުކޮށްފައިވާ މީހުން އެއްވެސް ޝަރުތެއްނެތި ދޫކޮށްލުމަށެވެ.
އެގޮތުން އެއްގަމާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން ދުވާލެއްގެ މައްޗަށް 500 ޓްރަކް ނުވަތަ އެއާ އެއްވަރުގެ ޓްރަކް ޣައްޒާއަށް ވަނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ ބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި ދެމެހެއްޓެނިވި ސުލްހައެއް ޤާއިމުކުރުމަށް އީޔޫއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެބޭފުޅުން ވަނީ ދެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-