-Advertisement-

-Advertisement-

ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިބި 7 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް
ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 7 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާ ސިޓީގެ އިރުދެކުނުން އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ހަތް މީހަކު ވަނީ ޝަހީދު ވެފައިއެވެ. އަދި މިހަމަލާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލް ސިފައިން އެ ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ކުވެއިތު ރައުންޑްއަބައުޓްގައި އެހީ ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ތަކަކަށެވެ.
މިކަމާއި ގުޅޭގޮތުން، އަނަޑޯލޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ އިރުދެކުނުން އޮންނަ އަލް ޒައިތޫން އަވަށުގެ ކުވައިތު ރައުންޑްއަބައުޓްގައި އެހީގެ ޓްރަކްތަކުގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އެތައް ބަޔަކަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބޮން އަޅާފައެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި 1،200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 32،100 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 72،400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-