-Advertisement-

-Advertisement-

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިސްރާއީލުގައި ބޮޑެތި މުޒާހަރާތަކެއް

މަޒާހަރާގެ ތެރެއިން ނަތަންޔާހޫގެ މާސްކެއް އަޅައިގެން ހުރި މީހެއް --- ފޮޓޯ: ރޮއިޓާރސް

ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ އަދި ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އިސްރާއީލުގައި އިސްރާއީލުގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިންދަނީ ހަނގުރާމައިގައި ހައްޔަރުކޮއްފައިވާ އިސްރާއީލު ރައްޔިތުން މިނިވަން ކުރުމަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެދި ގޮވާލަމުންނެވެ. އިސްރާއީލް ސަރުކާރުގެ އިހުމާލުން ރަހީނު ކޮއްފައިވާ އިސްރާއީލުގެ ރައްޔިތުންތަކެއް މަރުވެފައިވާ ކަމުގެ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން ދަނީ އޮކްޓޯބަރު 7 ގައި ހިނގާ ދިޔަ ކަންތަކަށް އިސްރާއީލްގެ ސަރުކާރުން ލަދު ގަންނަން ޖެހޭނެކަމަށް ގޮވާލަމުންނެވެ.

ހަފްތާތަކެއް ވެފައިވާ މި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފުރަތަމަ ސަތޭކަ އެއްހާ މީހުން ބައިވެރިވި މި މުޒާހަރާތަކުގައި މިހާރު އެތެއް ހާސް މީހުންދަނީ ބައިވެރިވަމުންނެވެ. އިސްރާއީލްގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި ޣައްޒާގެ ހަނގުރާމައަކީ ނަތަންޔާހޫ ވެރިކަމުގައި ގަދަ ބާރުން ހުރުމަށް ބޭނުން ކުރާ ހަތިޔާރެކެވެ. މިދިޔަ އަހަރު ނަތަންޔާހޫގެ ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެ އިސްރާއީލުގެ ކޯޓުތަކުން އެމައްސަލަތައް ބަލަން ފަށާފައި ވީނަމަވެސް 7 އޮކްޓޯބަރުގެ ހިނގާދިޔަ ކަންތައްތައް ހުއްޖަތަކަށް ދައްކައި ނަތަންޔާހޫ ވަނީ އެ މައްސަލަތައް އޮތްބާލާފައިއެވެ.

އޮކްޓޯބަރ 7 އިން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން ކުރަމުންދާ ހަނގުރާމާގައި ފަލަސްތީނުގެ 31,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮއްލާފައިއެވެ. މިލިއަނެއްހާ މީހުންވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެއެވެ. އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން 1.1 މިލިއަން މީހުން ބަނޑުހައި ހޫނު ކަމުގައި މަރުވެދާނެ ކަމުގެ ނުރައްކާތެރި އިންޒާރު ވަނީ ދީފައިއެވެ. އިސްރާއީލުން ދަނީ ބޯޑަރު ހުރަސްކޮށް ޣައްޒާ އަށް ފޮނުވާ އެހީގެ ލޮރީތައް ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅުމުންނެވެ.

ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައި ހޫނު ކަމާއި, ޒަރޫރީ ބޭނުންތައް އިސްރާއީލުން ބޭނުން ކުރަމުން އަންނަ ކަމަށް ޔޫއެން އިންވެސް ވަނީ ތުހުމަތު ކޮއްފައިއެވެ. ސިއްހީ ފަރުވާދޭ ތަންތަނާއި, ސާފު ބޯފެން ހުރި ތަންތަނަށް އަމާޒުކޮށް އިސްރާއީލުންދަނީ ބޮން އަޅާ ހަލާކުކުރުމުންނެވެ.

ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް އިސްރާއީލުގައި ކުރިޔަށް އޮތްތާގައިވެސް މުޒާހަރާ ކުރިޔަށްދާނެ ކަމަށް ބެލެވެއެވެ. އާންމު ހިޔާލު ހޯދާ ސާވޭތަކުން ދައްކާ ގޮތުގައި އިސްރާއީލްގެ %85 މީހުން މިހާރު ނަތަންޔާހޫ ބޮޑުވަޒީރު ކަމުގައި ހުރުމަށް ނުރުހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-