-Advertisement-

-Advertisement-

‎ގާޒާއަށް ކާބޯތަކެއްޗާއި ބޭހުގެ އެހީ އެތެރެކުރުމުގެ ހުއްދަ ދިނުމަށް އދ. ގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފި

ޖަބަލިއާ ރެފިއުޖީ ކޭމްޕް – ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގެ ގާޒާއަށް ކާބޯތަކެއްޗާއި ބޭހުގެ އެހީ އެތެރެކުރުމުގެ ހުއްދަ ދިނުމަށް އ.ދގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފިއެވެ.

އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއައިސީޖޭއިން

އިޒްރޭލުން އަމަލުކުރަމުންދާ ގޮތް ބަދަލުކޮށް އިންސާނީ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް ލަސްނުކޮށް އަމަލުކުރުމަށް

އިއްޔެ ވަނީ

އަމުރުކޮށްފައެވެ.

އައިސީޖޭއިން އެގޮތަށް އަމުރުކޮށްފައިވާ އިރު، މިދިޔަ ޖެނުއަރީ މަހު ދެކުނު އެފްރިކާ އިސްވެ އޮވެ ދަހޭގުގެ ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލަގައި އެކޯޓުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އަމުރުކޮށްފައިވީ ނަމަވެސް އެއަމުރަށް ތަބާނުވެ އިޒްރޭލުން މިހާރު ވަނީކުރިޔަށްވުރެ ބޮޑަށް ހަމަލާތައް ވަރުގަދަކޮށްފައެވެ.

އިޒްރޭލުން މީގެ ކުރިން ބުނެފައިވަނީ ގާޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާފައިނުވާނެ ކަމަށެވެ. އަދި އދގެ އެންމެ މަތީ ކޯޓުން އަމުރުކުރުމާ އެކު އިޒްރޭލުންވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް އދ. އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

އިޒްރޭލުން ވަނީ ގާޒާގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ހަމާސް އިން ކަމަށާއި ހަމާސް އަކީ މި ހަނގުރާމަ ފެށި ފަރާތް ކަމަށް ތުހުމަތު ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-