-Advertisement-

-Advertisement-

އައްޝިފާ ހޮސްޕިޓަލްގައި ބަނޑުހައިހޫނުކަމުގައި ވެސް އެތައްބަޔަކު ޝަހީދުވި

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް

އިސްރާއީލު ސިފައިން އައްޝިފާ ހޮސްޕިޓަލުގެ ބަންދުކޮށްގެން ތިބި ދެ ހަފްތާ ތެރޭގައި ބައެއް މީހުން ޝަހީދު ވެފައިވަނީ ބަނޑުހައި ހޫނުކަމުގެ ސަބަބުންކަމަށް  ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފިއެވެ.

އިސްރާއީލްގެ ހައްދު ފަހަނައަޅާފައިވާ ސިފައިން އައްޝިފާ ހޮސްޕިޓަލްގައި ދެ ހަފްތާ ވަންދެން ބޮޑެތި ޖަރީމާތަކެއް ހިންގުމަށް ފަހު މިހާރު ވަނީ ނުކުމެފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ މަންދޫބު ރާއިދު އަލް ނިމްސް ވިދާޅުވީ އައްޝިފާ ހޮސްޕިޓަލުގެ ގިނަ ޑިޕާޓްމަންޓްތަކެއްގައިއަލިފާންރޯކޮށްލާފައިވާކަމަށާއި ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި މަރުވެފައިވާ މީހުންގެއެތައް ހަށިގަނޑެއްހުރި ކަމަށެވެ.

އަލްޖަޒީރާއަށް ނިމްސް ވިދާޅުވީ ހާލަތު ވަރަށް ގޯސްކަމަށާއި، މެޑިކަލް ސްޓާފުންގެ ތެރެއިން ބައެއް މީހުން ޝަހީދުވެ، އަނެއް ބަޔަކު އަނިޔާކޮށް، އަނެއްބަޔަކު ވަނީ ހިފަހައްޓާފައިކަމަށެވެ.

އަދި އެންމެ ބޮޑު ކަމުގެ ގޮތުގައި ނިމްސް ފާހަގަ ކުރީ އެއްވެސް މެޑިކަލް ސާމާނެއް ނުވަތަ ކާބޯތަކެއްޗާއި ފެނެއް ވެސް ނެތި ދެ ހަފުތާވަންދެން އެ މީހުންބަންދުކޮށްފައި ތިބުމެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުގައި ރޯވި އަލިފާން ނިއްވުމަށް ސިވިލް ޑިފެންސް ޓީމުތަކަށް ފުރުސަތު ނުދިނުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޣައްޒާގެ އައްޝިފާ ހޮސްޕިޓަލްގައި ހިންގި ޖަރީމާތަކުގައި 200 އަށްވުރެ ގިނަމީހުން ޝަހީދުކޮށް 500 އަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައިވާ ކަމަށްއިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-