-Advertisement-

-Advertisement-

ޓައިވާންގެ ބިންހެލުމުގައި 9 މަރު

ޓައިވާންއަށް އައި ބިންހެލުމުގައި އިމާރާތެއް ވެއްޓިފަްއި. ފޮޓޯ؛ އަލް ޖަޒީރާ

ޓައިވާނަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި 9 މީހުން މަރުވެ، 800 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ރިކްޓަ މިންގަނޑުން 7.4 ބާރުމިނުގައި މި ބިންހެލުން ގައުމުގެ އީސްޓް ކޯޓަށް އައިސްފައިވާއިރު، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ހުއާލިން ސިޓީއަށެވެ. އެތަނުގެ ބައެއް އިމާރާތްތައް ވެއްޓިފައި ވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވެސް ކަމާ ގުޅުން ހުރި އިދާރާ ތަކުން ދަނީ ކުރަމުންނެވެ. މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ކަމާބެހޭ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ޓައިވާނަށް އައި ބިންހެލުމާ ގުޅިގެން އަވައްޓެރި ފިލިޕީންސާއި ޖަޕާނަށް ވެސް އޭގެ އަސަރު ކޮށްފައިވެއެވެ. އެކަމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރިފައި ވީ ނަމަވެސް،  އެ އިންޒާރު މިހާރު ވަނީ އުވާލައިފަ އެވެ.

މިއަދު ޓައިވާނަށް އައި ބިންހެލުމަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-