-Advertisement-

-Advertisement-

48 ގަޑި އިރުތެރޭ އީރާންއިން އިސްރާއީލަށް ހަމަލާދޭކަމުގެ އަޑުތަކާއި އެކު ޔަހޫދީން ބޮން ޝެލްޓަރތަކަށް ވަދެއްޖެ

ފޮޓޯ: ބިޒްނަސް އިންސައިޑަރ

އީރާނުން އިޒްރާއީލުގެ ވެރިރަށް ތެލްއަވީވަށް ދީފާނެ މިސައިލް ހަމަލާތަކަކުން ރައްކާތެރިވުމަށް ޒަޔަނިސްޓް ޔަހޫދީން ބޮން ޝެލްޓަރ ތަކަށް ވަންނަންފަށައިފިކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، ކުރިޔަށް އޮތް ވަގުތުތަކުގައި އީރާނުން މިސައިލް ނުވަތަޑްރޯން ހަމަލާތަކެއް ދީފާނެ ކަމަށް ބުނެ އެމެރިކާގެ ސީއައިއޭއިން ވަނީ އިޒްރޭލަށް އިންޒާރުދީފައެވެ.

އިޒްރޭލުން އީރާނުގެ ކޮންސިއުލޭޓަށް ދިން ވައިގެ ހަމަލާގައި ވަނީ، އީރާނުގެ ކޮމާންޑަރަކާއި، އީރާނުގެ ޑިޕްލޮމެޓުންގެ އިތުރުން ސޫރިޔާގެ ބަޔަކުވެސްޝަހީދުކޮށްލާފައެވެ. މިހަމަލާތަކުގެ ބަދަލުު ހިފާނެކަމަށް އީރާނުން ވަނީ ބުނެފައެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އީރާނު ވައްދައި، އީރާނަށް އަރައިގަތުމަށް އެމެރިކާއިން އަންނަނީ ރޭވުންތެރިކަމާއި އެކުމަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން ވަނީ، އަފްޣާނިސްތާނާއި، ޢިރާޤާއި ސޫރިޔާ އާއި ލީބިޔާއަށް އަރައިގަނެ، އެޤައުމުތަކުގެ ވެރިކަން ވައްޓާލައި އެޤައުމުތަކުގެ އެތައް މިލިއަންމުސްލިމުންނެއް ޝަހީދުކޮށް، އެޤައުމުތަކުގެ މުއްސަނދިކަން ފޭރިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-